ރާއްޖެ އަށް ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓު އާއްމު ކުރުމުން އޭގައި ހިމެނޭ ބައެއް ކުންފުނިތަކުން ފައިސާ ދައްކައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެކްސްޕެޓް ޚިދުމަތް ހޯދާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާއްމު ކުރި ތާރީހުން ފެށިގެން އިއްޔެއާ ހަމައަށް 182 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.
ހޯމްލޭންޑް މިނިސްޓްރީން ބިދޭސީންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓު އާއްމު ކޮށްފައި ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ. އެ ދުވަހު އާއްމުކުރި ލިސްޓުގައި 1،026 ކުންފުންޏެއް ހިމެނެއެވެ. އަދި އެކުންފުނިތަކުން ދައުލަތަށް 636.5 މިލިއަން ރުފިޔާ ލިބެންޖެހެއެވެ.
އެ ލިސްޓުގައި ގިނައީ 100،000 ރުފިޔާ އަށްވުރެ ގިނައިން ދައުލަތަށް ފައިސާ ދައްކަން ޖެހޭ ކުންފުނިތަކެވެ. އެ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންގެ ކުންފުނިތައް ވެސް ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ