ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަ އަށް ޖަވާބުދާރީވުމަށް ޕީޖީ ޝަމީމް ހާޒިރު ކުރުމަށް ނިންމައިފިއެވެ.
އެ މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން ހުށަހެޅުއްވި އެ މައްސަލަ މިއަދު ޖުޑީޝަރީ ކޮމެޓީ އަށް މަޖިލީހުގެ ރިޔާސަތުން ވަނީ ފޮނުވައިފައެވެ. އަދި މިއަދު އެ ކޮމެޓީގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.
ކޮމެޓީގެ ބައްދަލުވުމުގައި ޝާޑު ވަނީ ޕީޖީ ޝަމީމަށް މައްސަލަ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން ކޮމެޓީ އަށް ހާޒިރުވެވަޑައިގަތުމަށް ސިޓީއެއް ފޮނުއްވުމަށް ހުށަހަޅުއްވައިފައެވެ. ޝާޑުގެ އެ ހުށަހެޅުއްވުން ފާސްވީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީން ޕީޖީ ޝަމީމަށް ފަސް ދުވަހުގެ ނޯޓިސް އެއް ދޭނެއެވެ. އަދި އެއަށްފަހު ކޮމެޓީ އަށް ޕީޖީ ހާޒިރުވެވަޑައިގެންނެވި ނަމަވެސް އަދި ނޫން ނަމަވެސް މައްސަލަ ކުރިޔަށް ގެންދާނެއެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުއެވެ. ޕީޖީގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދައުރެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ