ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހާއަކީ "އިސްކުރު މަދު މީހެއް" ކަމަށް ބުނެ އޭނާގެ މައްސަލަ ބޭރުކޮށްލުމުން އެފަދަ ބަސްތައް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފިއެވެ.
ގދ. ތިނަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށް އެ ރަށު ކޯޓުން ނިންމީ އޭނާއާ ބެހޭގޮތުން ޑޮކްޓަރުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އެއީ "އިސްކުރު މަދު މީހެއް" ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ މުޖްތަމައުގައި ހުންނަ ސުވާލު އުފެދޭ ބަސްތައް ކޯޓުތަކުގެ ނިންމުންތަކުގައި ބަޔާން ކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވެސް ކަރާމާތަށް އިހުތިރާ ކުރުމުގެ މަގްސަދު ހާސިލް ކުރުމުގެ ބޭނުމުގައި ހާއްސަ ގާނޫނު ހެދިފައިވާއިރު، މުޖްތަމައުގައި ބޭނުންކުރެވޭ ސުވާލު އުފެދޭ މި ބާވަތުގެ ބަސްތައް، އެ އަށް ބުރަދަން ދޭ އެއްވެސް އަސާސެއް ނެތި ގަޟައީ ނިންމުމެއްގައި މިފަދައިން މުހާތަބު ކުރުމަކީ އެދެވޭ ގޮތެއް ކަމުގައި ނުދެކެމެވެ،" އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މީހާގެ ނަފްސާނީ ހާލަތާ ބެހޭގޮތުން ރިޕޯޓް ތައްޔާރުކުރީ އެ ބާވަތުގެ ތަހުލީލުތައް ހެދުމަށް ގާނޫނީ ގޮތުން ހުއްދަ އޮތް ފަރާތެއްކަން ދަށު ކޯޓުން ބަލާފައިނުވާ ކަމަށެވެ.އެހެންކަމުން ދައުލަތުން އަލުން ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މީހާގެ މެޑިކަލް އެގްޒެމިނޭޝަނާ ބެހޭގޮތުން ދަށު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ