ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ކުރިޔަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން މިއަދު ބުނެފިއެވެ.
މެޓު އޮފީހުން ބުނީ މާދަމާ އާއި ޖެހިގެން އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ބުނީ ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އިތުރު މައުލޫމާތު ދެއްވަމުން މެޓު އޮފީހުގެ އޮފިޝަލަކު "ހަތާވީސް" އަށް ވިދާޅުވީ މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ވާނެ ކަމަށެވެ. އަދި މާދަމާ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިހާރު ރާއްޖެ އަށް ކުރަމުން މިއަންނަ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިދިޔަ ހުކުރު ދުވަހު މެޓުން ވަނީ މި ހަފްތާ އެއްކޮށްގެން ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ