ގޭންގެއްކަން ނުވަތަ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގެއްގެ މެންބަރެއްކަން ކަނޑައެޅުމަށްފަހު، އެފަރާތްތަކުގެ ލިސްޓު ހަދައި ފޮޓޯ އާއްމު ކުރާ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.
އެ ގާނޫނަށް އިސްލާހު ގެންނަން މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އިން ތައްޔާރުކުރި ބިލުގައިވާ ގޮތުން އެ ބިލުގައި ބަޔާންކޮށްފައިވާ ސިފަތަކާއި ކަންކަން ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެފަރާތެއް އެއީ ގޭންގެއްކަން ނުވަތަ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގެއްގެ މެންބަރެއްކަން ކަނޑައެޅުމަށްފަހ،ު އެފަދަ ފަރާތްތަކާއި ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތުކުރުން ވަނީ މަނާ ކަމެއް ކަމުގައި ކަނޑައަޅައިފައެވެ.
އެހެންކަމުން އެ ބޭނުމަށްޓަކައ،ި އެފަދަ ފަރާތްތައް އެއީ ކޮންބައެއްކަން ރައްޔިތުންނަށާއި އަދި ދިވެހިރާއްޖެއިން ބައިނަލް އަގުވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެނިހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމަށްޓަކައި އެފަދަ ފަރާތްތަކުގެ ފޮޓޯ ހިމެނޭހެން އެފަރާތުގެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ބިލުގައިވެއެވެ.
ގޭންގ،ު ގޭންގު މެންބަރެއް އަދި ގޭންގެއްގެ ލީޑަރެއް ކަމުގައި ކަނޑައަޅަނީ އެކަމަށް ހާއްސަ ސަލާމަތީ ކޮމެޓީއަކުންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގައި ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސް އާއި ޗީފް އޮފް ޑިފެންސް ފޯސް ހިމެނެއެވެ. އަދި ފުލުހުންނާއި ސިފައިންގެ އިންޓަލިޖެންސްގެ ވެރިޔާވެސް އެ ކޮމެޓީގައި ހިމެނެއެވެ.
ގޭންގު މެންބަރުންގެ ލިސްޓުގައި ހިމެނޭ މައުލޫމާތު ކޮންމެ ހަމަހަކުން މުރާޖާ ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ