ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު މަގާމުން ވަކިކޮށްފިއެވެ.
ރައީސް މުއިއްޒު، މާލޭ މޭޔަރުކަމުގައި ހުންނެވިއިރު، އެންމެ އަރިސް އެއް ބޭފުޅަކީ ރަމީޒެވެ. ރަމީޒަކީ އޭރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު މުއިއްޒަށް ހޯއްދަވައި ދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި 2023 ވަނަ އަހަރު ރަމީޒުގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލާފައިވެއެވެ. އެ މައްސަލަ ބަލަން ފެށުމުން، އޭނާ ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ރަމީޒު ވަކިކޮށްފައި ވަނީ ދެ މަސް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހުގައެވެ.
އޭނާ މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ "ހަތާވީސް"އަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ހީނާ ވިދާޅެއް ނުވެއެވެ.
ރަމީޒު މަގާމުން ސަސްޕެންޑްކުރީ މިދިޔަ ޖޫން 27، ގައެވެ. މޫސާރަ ލިބޭ ގޮތަށް ސަސްޕެންޑްކުރުމަށްފަހު، މިއަދު އޭނާ މަގާމުން ވަކިކުރުމާ ހަމައަށް އޭނާއަށް ކުރެވޭ ތުހުމަތުތަކެއް ސަރުކާރުން ނުބުނެއެވެ.
ރަމީޒު މަގާމުން ވަކިކޮށްފައި މި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމެންޓް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު ރައީސަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކުރަން ފޮނުވުމުން، އޭނާއަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީން ނިންމާފައިވަނިކޮށެވެ.
ޝަމްނާޒަކީ ވެސް މާލޭ މޭޔަރުކަމުގައި މުއިއްޒު ހުންނެވިއިރު، އެ ކައުންސިލްގެ ކައުންސިލަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ