މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް ވަޖީހު ނަސީރު މަގާމުން އިއްޔެ ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓަކުންނެވެ. އޭނާ މަގާމުން ވަކިކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި އޭނާ މަގާމުން ވަކިކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ މަސައްކަތް ލަސްވުމުންނާއި ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބި ގިނަ ދުވަސްވާ ކަމަށް ބުނެއެވެ.
އޭނާ މަގާމުން ވަކިކޮށްފައި ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތިއެވެ. އެކަމާ ގުޅިގެން ބައެއް ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ