ބޮގަރު ދެ ރުނބައާއެކު ލ. ގަމު ތުނޑީ އަވަށުން ބަޔަކު ހައްޔަރުކޮށްފިއެވެ.
ލ. ގަން ތުނޑި، ވިލެޖު ނަމަކަށް ކިޔާ ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމާއި އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 16 އޮގަސްޓު 2024 ވަނަ ދުވަހު ފާސްކުރިއެވެ.
އެގެއިން ފުލުހުންނަށް ވަނީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތީގެ ބާވަތަކާއި ބޮގަރު ކަމަށް ޝައްކު ކުރެވޭ ދެ ރުނބާ އަދި ބޮގަރު ކައްކަން ބޭނުން ކުރާ ސާމާނު ފެނިފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކާއި 57 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި