ވައްކަމުގެ މައްސަލަތަށް އިންތިހާއަށް އިތުރުވެ، މިއަހަރުގެ މިހާތަނަށް 2،000 ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިއަދާ ހަމައަށް 2،298 މައްސަލަ ފުލުުހުންނަށް ހުށަހަޅާފައިވެއެވެ. މިދިޔަ އަހަރު ވައްކަމުގެ 3،819 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މައްސަލައެއް ފުލުހުން ބަލަން ފެށުމާ އެކު، ވަގުތުން އަޕްޑޭޓްވަމުންދާ ވެބްސައިޓުން ދައްކާ ގޮތުން މިއަހަރު ދެ ވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުތަކުގެ އަދަދު މިއަހަރުގެ މިހާތަނަށް 2،300އަށް އަރާފައިވެއެވެ.
ތިން ވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 1750 މައްސަލަ މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އެކި އެއްޗެހި ގެއްލިގެން 1،481 މައްސަލަ ހުށަހަޅާފައިވާއިރު، ގެއްލުންދީގެން 620 މައްސަލަ މިއަހަރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ