އެފްރިކާގައި ފެތުރެމުންދާ އެމްޕޮކްސް ވައިރަލް ބަލީގެ އާ ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެންމެ މަތީ ފެންވަރުގެ އެލާޓް ކަމަށްވާ ޕަބްލިކް ހެލްތު އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) އިއުލާން ކުރުމާއެކު ބަލީގެ ހާލަތު މޮނީޓާކޮށް ބައްޔާއި ގުޅިގެން ވާންޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދިވެހި ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލިފެތުރުން ކޮންޓްރޯލު ކުރުމަށާއި، ބައްޔަށް ޓެސްޓު ކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް އެޗްޕީއޭ އިން އަންނަނީ ވަމުންނެވެ.
އަދި އެމްޕޮކްސް ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުމާއި ސާވެއިލަންސް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެފްރިކާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނީ މިއަހަރުގެ މިހާތަނަށް އެފްރިކާ ކޮންޓިނެންޓްގައި އެމްޕޮކްސް އަށް ޝައްކުކުރެވޭ 17،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 517 މީހުން މަރުވެފައިވާ ކަމަށާއި އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 160 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
ގައިން ގަޔަށް ފެތުރޭ މި ބަލީގައި ފެންކޮށް ހުންނަ ބިހިތަކެއް ގައިގައި ނަގައެވެ. އަދި އެންމެ ފުރަތަމަ މި ބަލި ޖެހުމުން އަންނަނީ ގަދަ ހުމެކެވެ. މި ބައްޔަށް ފަރުވާ ދެވި ރަނގަޅު ކުރެވެއެވެ. ނަމަވެސް ބަލީގައި މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތާ ވެސް ކުރިމަތިވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ