ނުތާހިރު ތަނެއްގައި އާއްމުކޮށް ދިވެހިން ދުފުމަށް ބޭނުންކުރާ ފޯއް ކޮށައި، އެތަކެތި ބަންދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކުން ދެ ބިދޭސީއަކު އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހިއްސާ ކުރި މައުލޫމާތާ ގުޅިގެން، އިއްޔެ ހިންގުނު ހާއްސަ ރެއިޑުގައި، މ. ރީތި އޯކިޑްގެ ނަމަކަށް ކިޔާ ގެއެއް ބަލާ ފާސް ކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިތަނަކީ، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯކުގެ ވިޔަފާރިއަށް ތައްޔާރު ކުރަމުންދާ ތަނެއް ކަމަށާއި އަދި އެތަނަކީ ސާފުތާހިރުކަން އިންތިހާއަށް ދަށް ތަނެއްކަން ފާހަގަކުރެވިފައިވާތީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން ވެސް އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވުމާއި ގުޅިގެން، އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 3 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި