ދިވެހި ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނު "ނޫމަޑި މައްސަލާގައި" ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއެކު އެއްވެސް ފަރާތަކާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށް މިހާރު ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ޕީއެންއެފުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ސީޕީ ހުސައިން ވިދާޅުވީ ނޫމަޑި މައްސަލާގައި އެންމެ ފުރަތަމަ ރައީސް މުއިއްޒު އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ގުޅުއްވީ އޭނާއަށް ކަމަށެވެ.
ރައީސް މުއިއްޒުގެ އެ ފޯނު ކޯލަށްފަހު ރައީސް މުއިއްޒާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމަށް މިހާރުގެ ސީޕީ ޝުޖާއު ވެސް ވަޑައިގެންނެވި ކަމަށް ހުސައިން ވިދާޅުވިއެވެ.
އެ ވާހަކަތައް ދޮގުކުރައްވައި ސީޕީ ޝުޖާއު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ނޫމަޑީގެ މައްސަލާގައި އޭނާ ރައީސް މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ބުނެ ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކަމުގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އަދި ނޫމަޑި މައްސަލައާ ގުޅޭގޮތުން ކުރީގެ ސީޕީ ހުސައިން ވަހީދާއެކު އެއްވެސް މީހަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.
ނޫމަޑި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ ރައީސް މުއިއްޒު އޭރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވިއިރު ދައުވާވެސް ކުރިއެވެ. ނަމަވެސް އެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތެއް ނުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ