އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި ޒިޔާދު އެ މަގާމުން ވަކިކުރެއްވުމަށްފަހު އެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ މިއަދު ހަމަޖައްސައިފިއެވެ.
ޒިޔާދު އެމްޓީސީސީން ވަކިކުރައްވަވާ އޭނާ ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވަވައިފައެވެ. ސައުދީ އެންމެ ފަހުން މަސައްކަތް ކުރެއްވީ މާލެ ސިޓީ ކައުންސިލްގައެވެ.
އޭނާ އެ ކައުންސިލްގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ އެންމެ އިސްވެރިޔާގެ މަގާމުގައެވެ.
ޑީސީޕީގެ މަގާމުގައި ސައުދީ ހުންނެވިއިރު 2018ވަނަ އަހަރު ފުލުހުން އިދާރާ ހިންގުން ވެސް ސައުދީއާ ހަވާލު ކުރެއްވެވިއެވެ. ނަމަވެސް ފަހުން ޔާމީންގެ ސަރުކާރުގައި އޭނާ ވަނީ ޔޫތު މިނިސްޓްރީ އަށް ބަދަލުކުރައްވަވައިފައެވެ.
އެމްޓީސީސީގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މިއަދު ވަނީ އެ މަގާމުން ވަކި ކުރައްވަވައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ