ބޭނުން ކުރެވޭ ޑޮލަރު ރިޒާވު މިއަދު އެއްކޮށް ހުސްވެފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަ އަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެގޮތަށް އެ ހަބަރު ޝާއިއު ކޮށްފައި ވަނީ "އަދަދު" ނޫހުންނެވެ. އެ ނޫހުގައިވާ ހަބަރާއި ގުޅޭ ގޮތުން ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެއްޖެ ކަމަށް އެ ނޫހުގައި މިއަދު ޝާއިއުކުރި ހަބަރަކީ ކަނޑައެޅިގެން "ބުހުތާނު ދޮގު ހަބަރެއް" ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން މީގެކުރިން އެކި ވާހަކަތައް ފެތުރިއެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިވާން ޖެހޭ ކަމަށް ވެސް މީގެކުރިން ބައެއް ފަރާތްތަކުން ވާހަކަދެއްކިއެވެ.
ނަމަވެސް ސައީދު ވަނީ މީގެކުރިން ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަމަށާއި އިގްތިސޯދީ ހާލަތުވެސް ކުރީން ލަފާކުރި ވަރަށްވުރެން ވެސް ބާރަށް ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ރާއްޖޭ އޮތީ "ފުންކަނޑުގެ ތެރެއަށް ގެނބިފައި" ކަމަށް ވެސް ސައީދު މީގެކުރިން ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރާއްޖެ "ގެނބިފައި" އޮތީ އެއްވެސް މިސްރާބެއް އަމާޒެއް ފެންނަން ނެތް ގޮތަށް ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި