ބޭނުން ކުރެވޭ ޑޮލަރު ރިޒާވު މިއަދު އެއްކޮށް ހުސްވެފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަ އަކީ ދޮގެއް ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވެސް ބުނެފިއެވެ.
އެގޮތަށް އެ ހަބަރު ޝާއިއު ކޮށްފައި ވަނީ "އަދަދު" ނޫހުންނެވެ. އެ ނޫހުގައިވާ ހަބަރާއި ގުޅޭ ގޮތުން އެމްއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ.
ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެމްއެމްއޭ އިން މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުން ދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
"ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ވާހަކަވެސް ދަންނަވަމެވެ" އެމްއެމްއޭ އިން ބުންޏެވެ.
އެހެންކަމުން އެފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ