ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމްގެ އިތުބާރު ނެތް ކަމަށް މައްސަލާގައި، ޝަމީމް ވަކިކުރުމަށް ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފައި ވާތީ އޭނާ ވަކި ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ މިރެއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ މިރޭ އޮންނަ ޖަލްސާގެ އެޖެންޑާ ނެރެފައެވެ. އެޖެންޑާގައި އޮތީ އެންމެ މައްސަލައެކެވެ. އެއީ ޕީޖީ ޝަމީމް މަގާމުން ވަކި ކުރުމަށް ޖުޑީޝަރީ ކޮމެޓީން ހުށަހަޅާފައިވާ ރިޕޯޓުގެ މައްސަލައެވެ.
ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ސަބަބު:
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލްކުރުން
- ކުރީގެ ޔޫތު މިިސްޓަރު އަހުމަދު މަހުލޫފު އެ މަގާމުގައި ދެމި ހުރުމަށް އެ މައްސަލަ ފައިލް ކުރުން
- ސަފާރީ ރޭޕް ކެސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތި އިސްތިއުނާފް ނުކުރުން
- ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން
- ބަނގުރަލާ ގުޅޭ 77 މައްސަލަ އަނބުރާ ގެންދިއުން
- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިއުން
- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުން
ޝަމީމް މަގާމުން ވަކިކުރަން އުޅޭ މައްސަލައާ ގުޅޭ ގޮތުން ޝަމީމް ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަގާމުން ވަކިކުރަނީ މަސައްކަތެއް ނުކޮށްގެނެއް ނޫން ކަމަށާއި އެ ނިންމެވުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ.
ޝަމީމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރާތީ ޝަކުވާއެއް ކުރަން ބޭނުންނުވާ ކަމަށާއި އިތުބާރުގެ އެފަދަ މައްސަލަތައް ހިނގާ ގޮތް އެންމެންނަށް ވެސް އެނގޭނެ ކަމާށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ