ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގަންނަވާތީ ދައުލަތާއި ފަނޑިޔާރުން ސުވާލު އުފެއްދުމުން އެ މައްސަލައިން އޭނާ މިއަދު ވަކިވެވަޑައިގެންފި އެވެ.
މަދަނީ މައްސަލައެއްގައި މިއަދު ހައި ކޯޓުގައި އެލްޖީއޭއާ ދެކޮޅަށް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ސައްތާރަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރެކެވެ. އެހެންވެ, އެކަމާ ގުޅިގެން ފަނޑިޔާރުންގެ ސުވާލު އުފެއްދެވި އެވެ.
ސައްތާރު ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ. އަދި އޭނާ އިންނަވާ ޖުޑިޝަރީ ކޮމެޓީއަކީ ފަނޑިޔާރުން ޖަވާބުދާރީވާން ޖެހޭ ކޮމެޓީއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޖޭއެސްސީގެ ނިންމާ ނިންމުންތަކާ ގުޅޭގޮތުން ގޮތް ނިންމަނީ ޖުޑިޝަރީ ކޮމިޓީން ކަމަށް ވާއިރު، މަސްލަހަތު ފުށުނާރާތޯ ވިދާޅުވެ އެވެ.
އެލްޖީއޭ ތަމްސީލް ކުރާ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ ދައުލަތުގެ އިދާރާއެއްގައި މަސައްކަތް ކުރާ ފަރާތަކަށް ދައުލަތާ ދެކޮޅަށް ވަކާލާތު ކުރަން ފުރުސަތު ދިނުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ.
އެގޮތަށް ފާހަގަ ކުރެއްވުމުން ސައްތާރު ވަނީ މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމަށް ނިންމައިފަ އެވެ.
މީގެކުރިން ސްޓޭޓް މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެއްވި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ސަރުކާރުން ބަލަން ވެސް ނިންމި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ