މާލޭގައި ބިދޭސީންތަކެއް ކާނާގެ ބާވަތްތައް ހިންގަމުން އަންނަ ތަނެއް ރެއިޑްކޮށް އެތަނުން 10 ބިދޭސީން އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންނާއި ގުޅިގެން މިދިޔަ ހޯމަ ދުވަހު ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ބިދޭސީން އެތަނުގައި ތައްޔާރު ކުރަމުންދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތާއި މަސްމިރުހާއި ހިކިމަސްގެ އިތުރުން ލުއިކާނާގެ ބާވަތްތައް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން ވެސް އިމިގްރޭޝަނުން ވަނީ ހަމަ އެ ދުވަހު އިތުރު ރެއިޑެއް ކޮށްފައެވެ. އެ ރެއިޑުގައި ގ. މޫން ލައިޓްގެ ވަނީ ބަލައި ފާސްކޮށްފައެވެ. އެތަނުގެ އެއްވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ހިދުމަތް ދެމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި އެތަނުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ