ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެފައިވީ ނަމަވެސް، އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިނުވާ ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މިރޭ 9 ޖެހިއިރު ފެށި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި ޝަމީމް ވަކިކުރުމުގެ މައްސަލައެވެ.
ޝަމީމް ވަކިކުރަން ފާސްކުރީ 65 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް ނުވަ މެމްބަރަކު ވޯޓު ދެއްވިއެވެ. ވަކިކޮޅަށް ވޯޓު ނުދެއްވައި، އެންމެ މެމްބަރަކު މަޖިލީހުގައި އިންނެވިއެވެ.
ވޯޓަށް އެހުމުގެ ކުރިން ޝަމީމްގެ އިސްތިއުފާގެ ސިޓީ ލިބިފައިވޭތޯ މަޖިލީހުގެ އިދާރާއިން ބަލާފައިވެއެވެ. މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވޯޓަށް އެހުމުގެ ފަސް މިނެޓް ކުރިން، އަދި ވޯޓު ރަނގަބީލު ޖެހުމުގެ ކުރިން ވެސް ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވޭތޯ ބެލި ކަމަށެވެ.
ޕީޖީގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިސްތިއުފާގެ ސިޓީ ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބު:
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލްކުރުން
- ކުރީގެ ޔޫތު މިިސްޓަރު އަހުމަދު މަހުލޫފު އެ މަގާމުގައި ދެމި ހުރުމަށް އެ މައްސަލަ ފައިލް ކުރުން
- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން
- ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން
- ބަނގުރަލާ ގުޅޭ 77 މައްސަލަ އަނބުރާ ގެންދިއުން
- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިއުން
- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ