ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް މިއަދުން ފެށިގެން ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.
ޑޮލަރު ލިބުން ދަތިވެ، ބީއެމްއެލުން އެ ފިޔަވަޅު އަޅަން ނިންމައި، އެ ބޭންކުން ގެނައި ބަދަލު އިއުލާންކޮށްފައި ވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
ބީއެމްއެލްގެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ބަދަލު ގެނެސްފައި ވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށާއި ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިނުވާ ކަމަށެވެ.
ރުފިޔާ އެކައުންޓުތަކަށް ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ހަމައެކަނި ޑޮލަރު ދެން ނެގޭނީ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުންނެވެ. އެ ކާޑުން ވެސް ނެގޭނީ މަހެއްގެ މައްޗަށް ހަމައެކަނި 100 ޑޮލަރެވެ.
ނަމަވެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ޑޮލަރު އެކައުންޓެއް ކަނޑައަޅާފައިވާނަމަ، ބޭރުގެ ޓްރާންސެކްޝަންތައް ހެދޭނެއެވެ.
އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި