ރާއްޖޭގެ އިގްތިސޯދި މިހާލަތަށް ދިއުމުގެ ޒިންމާ އިދިކޮޅު އެމްޑީޕީން ވެސް ނަގަން ޖެހޭނެ ކަމަށް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަފުޅުކާއި ގުޅިގެންނެވެ. އެގޮތުން އަމީރު ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާލަތަށް ދިއުމާއި ގުޅިގެން މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މިއަދު އަމީރު ތިޔަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. މާލަސްވެއްޖެ. އެދުވަހު އަޅުގަނޑުމެން ތިޔަ ވާހަކަ ދެއްކީމަ ދިނީ ބީރު ކަންފަތެއް. މިރާއްޖޭގެ އިގްތިސާދު ހަލާކު ކުރުމުގެ ޒިންމާ އެމްޑީޕީ އިން ވެސް ނަގަންވާނެ،" މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިއަދު ރާއްޖެ އަށް ދިމާވެފައި މިވާ ހާލަތުން ފެނިގެން ދަނީ "ދެވަނަ ދައުރެއްގެ ދަހިވެތިކަމުގެ ނަތީޖާ" ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރަށް ބަޖެޓަށް އެއްވެސް ފައިސާއެއް ހޯދިފައި ނުވާ ކަމަށެވެ. ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ކޮށްފައި އޮތް މަސައްކަތަކީ ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަކީ ރަނގަޅު މަސައްކަތެއްތޯ ބެލުން ކަމަށާއި ރިފޯމު ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އަމީރު ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި