ގިނަ އަދަދެއްގެ ނަގުދު ޑޮލަރާއެކު ރާއްޖެ އިން ފުރަން އުޅުނު ބަންގްލަދޭޝް މީހަކު ހިފަހައްޓައިފިއެވެ.
އޭނާ ހިފެހެއްޓީ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ. އޭވިއޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެމީހާ އަކީ އިއްޔެގެ ވަގުތެއްގައި ޔޫއެސް ބަންގްލާ އެއާލައިންސް އިން މާލެ އިން ޑާކާ އަށް ދަތުރު ކުރަން އޮތް ފްލައިޓަކުން ފުރަން އުޅުނު މީހެއް ކަމަށެވެ.
އެމީހާގެ ލަގެޖުގައި ފޮރުވައިގެން ގަވާއިދާ ހިލާފަށް ރާއްޖެ އިން 81،030 ޑޮލަރު ރާއްޖެ އިން ބޭރު ކުރަން އުޅެފައިވާ ކަމަށް އޭވިއޭޝަނުން ބުންޏެވެ. އޭނާ މިހާރު ވަނީ ކަމާބެހޭ އިދާރާތަކާއި ހަވާލު ކޮށްފައެވެ.
ގިނަ އަދަދެއްގެ ނަގުދު ޑޮލަރާއެކު ބަންގްލަދޭޝް މީހަކު ރާއްޖެ އިން ފުރަން މަސައްކަތް ކުރިއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ