ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް މިއަދުން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ގެނައި ބަދަލު އަނބުރާ ގެނެސްފިއެވެ.
ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް މިއަދުން ފެށިގެން ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.
ނަމަވެސް ބީއެމްއެލް އިން ނެރުނު ދެންނެވުމެއްގައި ފަހުން ބުނީ ބީއެމްއެލް އިން ދެންމެ ނެރުނު އެންގުމެއްގައިވާ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެން މިއަދުގެ އެންގުން ވަނީ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ބީއެމްއެލް އިން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ބަދަލު ގެނެސްފައި ވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށާއި ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިނުވާ ކަމަށެވެ.
ރުފިޔާ އެކައުންޓުތަކަށް ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ހަމައެކަނި ޑޮލަރު ދެން ނެގޭނީ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުންނެވެ. އެ ކާޑުން ވެސް ނެގޭނީ މަހެއްގެ މައްޗަށް ހަމައެކަނި 100 ޑޮލަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ