ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްގެ އުޅަނދުފަހަރަށް ޖެއްސުންކުރުމުގެ އަމަލުތައް ހުއްޓާލުމަށް ފިލިޕީންސްއިން ޗައިނާއަށް ގޮވާލައިފިއެވެ.
ފިލިޕީންސްގެ ސައުތު ޗައިނާ ސީ ޓާސްކް ފޯސްއިން މިކަމަށް ގޮވާލާފައިމިވަނީ ނިމިދިޔަ ހަފްތާ ބަންދާއި އަދި ނިމުނު ހަފްތާގައި ދެކުނު ޗައިނާ ކަނޑާއި އެކަނޑުގެ ވައިގެ ސަރަހައްދުގައި ފިލިޕީންސްގެ ކަނޑާއި ވައިގެ އުޅަނދުތަކަށް ޗައިނާއިން ޖެއްސުންކުރުމުގެ ނުރައްކާތެރި އަމަލުތަކެއް ހިންގުމާ ގުޅިގެންނެވެ.
މިދިޔަ ހަފްތާގައި ފިލިޕީންސްގެ ބިއުރޯ އޮފް ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސްގެ މަތިންދާބޯޓެއް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ފިލިޕީންސް ފަޅީގައި އުދުހެމުން ދަނިކޮށް ޗައިނާގެ ޖެޓްތަކުން އެމަތިންދާބޯޓަށް ހުރަސްއަޅާ، ނުރައްކާތެރި އަމަލުތަކެއް ހިންގިކަމަށް ފިލިޕީންސްއިން ތުހުމަތުކުރެއެވެ. ފިލިޕީންސްގެ މަތިންދާބޯޓު އެވަގުތު މަސައްކަތްކުރަމުން ދިޔައީ ފިލިޕީންސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަންކުރާ ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރާ މީހުން ހޯދުމަށެވެ.
ހުކުރު ދުވަހު ޗައިނާގެ ޚާރިޖިއްޔާއިން ބުނީ ސޫބީ ފަރު ހިމެނޭ ސަރަހައްދުގެ ވައިގެ ސަރަހައްދަށް ވަތް ފިލިޕީންސްގެ 2 އަސްކަރީ މަތިންދާބޯޓެއް ހުއްޓުވާފައިވާނެކަމަށެވެ. އެހެންނަމަވެސް ފިލިޕީންސްގެ ފިޝަރީޒް ބިއުރޯގެ މަތިންދާބޯޓުގެ ޙާދިސާއާ ބެހޭ ގޮތުން ޗައިނާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ޗައިނާއިން ދައުވާކުރާ ގޮތުގައި މުޅި ދެކުނު ޗައިނާ ކަނޑަކީ އެޤައުމުގެ މިލްކެކެވެ. އެހެންނަމަވެސް އެކަނޑާއި ގުޅިފައިވާ ފިލިޕީންސް، ޓައިވާން، މެލޭޝިއާ، އިންޑޮނީޝިއާ، ވިއެޓްނާމް އަދި ބްރޫނާއީއިންވެސް އެޤައުމުތަކުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ދެކުނު ޗައިނާ ކަނޑުގެ ތެރެއަށް ވަންނަކަމަށް ދައުވާކުރެއެވެ. ޗައިނާގެ ދައުވާތަކުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އެއްވެސް އަސްލެއް ނެތްކަމަށް 2016 ވަނަ އަހަރު އދގެ ބައިނަލްއަޤްވާމީ ޓްރައިބިއުނަލަކުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައިވާ ބައެއް ތިލަ ހިސާބުތަކާއި ފަރުތަކާއި ފަޅުތައް ހިއްކައިގެން އަސްކަރީ ބޭސްތަކެއް ހަދައި، އެތަންތަނުގައި ސިފައިން ބައިތިއްބާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ