ޓައިވާނާއެކު އޮންނަ ގުޅުން ބަދަހިކޮށް، އެގައުމާއެކު ކުރާ މުއާމަލާތްތައް ގިނަ ކުރުމަށް އެމެރިކާއިން ގޮވާލައިފިއެވެ.
އެމެރިކާއިން މިކަމަށް ގޮވާލާފައިމިވަނީ ޓައިވާނާއެކު އޮންނަ ގުޅުން ކަނޑާލުމަށް ޕަލާއޯގެ ރައީސަށް ޗައިނާއިން ފިއްތުންތައް ކުރިމަތިކުރާ ކަމަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ. ނިއުޒިލޭންޑްގެ ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސް ޕަލާއޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިންސްޓަން އާއެކު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ޕަލާއޯގެ ރައީސް ސުރެންގަލް ވިޕްސް ވިދާޅުވީ ޓައިވާނާއެކު ޕަލާއޯއިން ބާއްވަމުންދާ ޚާރިޖީ ގުޅުން ކަނޑާލުމަށް ޗައިނާއިން އެންގި ނަމަވެސް ޕަލާއޯއަކީ ބައިނަލްއަޤްވަމީ ހަމަތައް ޤަބޫލުކުރާ ބައެއްކަމަށެވެ. އަދި ޓައިވާނާއެކު އޮންނަ ގުޅުމަކީ އެޤައުމުން ބަލައިގަންނަ ގުޅުމެއްކަމަށްވެސް ވިޕްސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ ޓައިވާނަކީ ޑިމޮކްރެޓިކް ޤައުމެއް ކަމަށާއި، އެޤައުމާއެކު ގުޅުން ބާއްވާ ޤައުމުތަކަށް އެކަމުގެ ފައިދާކުރާނެކަމަށެވެ. އަދި ރަސްމީކޮށާއި ނުރަސްމީކޮށްވެސް ޓައިވާނާއެކު ގުޅުން ބޭއްވުމަށް އެމެރިކާއިން ޤައުމުތަކަށް ބާރުއަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާއާއި ވަކިނުކުރެވޭނެ، ޗައިނާގެ ޕްރޮވިންސެކެވެ. އެހެންނަމަވެސް ޓައިވާނުން މިނިވަންކަން އިއުލާންކޮށް، ވަކިވެރިކަމެއް ކުރަމުން އަންނަތާ އެތައް އަހަރުތަކެއް ވަނީ ވެފައެވެ.
އަނެއްކޮޅުން އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖޭކް ސުލިވަން މާދަމާ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއެކު އެކި ދާއިރާތަކުން މަޝްވަރާތައް ކުރައްވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ