ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ރޭ ބުނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ނަމަވެސް ރޭ ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތަފްސީލު ހިއްސާ ކުރައްވަވާފައެވެ.
ވޭތުވެދިޔަ ހަފްތާ ބަންދުގައި އާރަށުގެ ފާހާނާތެރެއަށް ރައީސް ވެއްޓި ވަޑައިގެން އެކަމަށް ފަރުވާ ހޯއްދެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވުނެވެ.
ނަމަވެސް ރައީސް ވިދާޅުވީ އެމަނިކުފާނަކީ މާބޮޑަށް ކުޅިވަރު ކުޅުއްވާ ބޭފުޅަކަށް ނުވި ނަމަވެސް ހަފްތާއަކު ދެތިން ދުވަހު އާރަށުގައި ފުޓުބޯޅަ ކުޅުއްވާ ކަމަށެވެ. އަދި އައިޖީއެމްއެޗަށް ވަޑައިގެން ފަރުވާ ހޯއްދެވީ ފުޓުބޯޅަ ކުޅުމުގައި ލިބުނު ކުޑަ އިންޖަރީއަކާއި ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާ އަށް ފަހު މައިގްރޭންގެ ބޮޑު ތަދެއް އަރައިގެން ރައީސް ސިންގަޕޫރަށް ފަރުވާ ހޯއްދެވުމަށް ފުރާވަޑައިގަންނަވާ ކަމުގެ އަޑުތަކެއް ފެތުރުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ސިންގަޕޫރަށް ވަޑައިގަންނަވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެމަނިކުފާނު ކުރެއްވި އޮޕަރޭޝަނެއްގެ ރެގިއުލާ ޗެކަޕެއް ހެދުމަށާއި ފުޓުބޯޅަ ކުޅުމުގެ ތެރޭގައި ލިބިވަޑައިގެންނެވި އިންޖަރީއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ