ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު އޭނާ ހާޒިރުވެ ވަޑައިނުގަތުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ.
މެއި، 2022 ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް މީހުން ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ މެމްބަރު މުހައްމަދު އިސްމާއިލް ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމުންނެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސް, މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން އިތުރު 17 މީހެއްގެ މައްޗަށް ދައުވާ ކުރެ އެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ވެސް ހިމެނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ