ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 11ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ކަމަށެވެ.
އެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 10ވަނަ ދުވަހާއި 11ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00އަށް ރައީސް އޮފީހުން ކަމަށްވެސް އިއުލާނުގައިވެއެވެ. މަގާމަށް އެދި ހުށައަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
ޕީޖީގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް ވަކި ކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އޭނާ ވަނީ މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށްފަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަތީ އެ މައްސަލަ ދިރާސާ ކުރަމުން ދިޔަ ޖުޑީޝަރީ ކޮމެޓީ އަށް ވަޑައިގެންނެވެ.
ޝަމީމް މަގާމުން ވަކިކުރަން ޖުޑީޝަރީ ކޮމެޓީން ނިންމުމުން އޭނާ މަގާމުން ވަކިކުރުމަށް މަޖިލިސް ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާ ފެށިތަނާހެން ޝަމީމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެކަމަކު މަޖިލީހުން އޭނާ ވަކިކުރިއެވެ. އެގޮތަށް އެކަން ކުރީ ޝަމީމް އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އޮފީހަށް ލިބިފައި ނެތުމުން ކަމަށް މަޖިލީހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ