އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އިހުތިޖާޖު ކުރި ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލެވުމާއި ބޭއަދަބީ ބަހުން މުއާމަލާތްކޮށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއްވެ ތިބި މީހުން ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުތައް ބެހެއްޓި ކަމަށާއި އެހެންކަމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެކަމަށް އެ ދެ މީހުން އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 47 އަހަރުގެ އާއިޝަތު ޝާޒިޔާ އާއި އުމުރުން 36 އަހަރުގެ ޑރ. ޝަޒުރާ އިބްރާހީމެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ އަމަލުތައް އެގޮތަށް ނުބެހެއްޓުމަށް ތަކުރާރުކޮށް އެމީހުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ