އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިހުތިޖާޖުކުރި މައްސަލައެއްގައި ހައްޔަރު ކުރި ދެ އަންހެނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެމްބަސީތަކުގައި ކައިރީގައި އަޑުއުފުލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. ޝާދިޔާއަކީ ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުނެވެ. ޑރ. ޝަޒްރާއަކީ އެމްއެންޔޫގެ ލެކްޗަރާއެކެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލެވުމާއި ބޭއަދަބީ ބަހުން މުއާމަލާތްކޮށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއްވެ ތިބި މީހުން ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުތައް ބެހެއްޓި ކަމަށާއި އެހެންކަމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެކަމަށް އެ ދެ މީހުން އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި