މާލޭގައި އަންހެނަކު ރަހީނު ކޮށްގެން އުޅޭތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ބަންދު ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާ ކުރާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި މިހާރު ވަނީ އަންހެން މީހާ ރަހީނު ކޮށްގެން ހުރި ގޭގެ ވީޑިއޯ އާއްމުވެފައެވެ. އެ ވީޑިއޯގައި ފިރިހެނަކު ހުރީ މޫނު އަޅައިގެން ހުރި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެންނެވެ.
އަދި އެއަށްފަހު އިތުރު ވީޑިއޯއެއް ވެސް އާއްމުވިއެވެ. އެ ވީޑިއޯ އިން ފެންނަނީ އަންހެން މީހާ ސައިކަލަކަށް އަރުވައިގެން އެމީހާ ދާ މަންޒަރެވެ.
ފުލުހުން މިހާރު އެމީހާ ހައްޔަރު ކޮށްގެން ވަނީ ގެންގޮސްފައެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް އަދިވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި