މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވުމެއް ހެދީ އެއްބަސްވުން ބާތިލް ކޮށްފި ނަމަ ބޮޑު ބަދަލެއް ދޭން ޖެހޭތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ބެސްޓިނެޓާއެކު އެއްބަސްވުމަކާއި ހަމައަށް ދިޔައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އެއީ 31 އޮކްޓޫބަރު 2016ވަނަ އަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތަކީ 15 އަހަރު ދުވަސް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން މަޑުޖައްސާލަން ނިންމި ނިންމުމާއި ގުޅިގެން ބެސްޓިނެޓާއެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރުން އޮތީ ހުއްޓިފައެވެ.
އަދި އެ ނިންމުމާއި ގުޅިގެން ބެސްޓިނެޓާއެކު ހަދާފައިވާ އެގްރީމަންޓަށް ދެން ވާނެ ގޮތަކާއި މެދު ވާހަކަދެއްކުމަށް އެކި ފަހަރުތައް މަތިން ބެސްޓިނެޓުން ކުރީ ސަރުކާރާއެކު ލިޔެކިއުންތައް ބަދަލު ކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެއިން އެއްވެސް ލިޔެކިއުމަކަށް އޭރުގެ ސަރުކާރުން ޖަވާބު ދީފައި ނުވާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުމުން ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާފައެވެ.
"އެއް އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ އެ މީހުންނަށް ލިބުނު ބިޒްނަސް ލޮސް އެވަގުތަށް ދައްކާފައި އަދި ފަހުން 15 އަހަރު ދުވަހަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން. އެއީ ކިހާ އަދަދެއް ކަމެއް ވެސް ނޭނގޭ. ދެވަނަ އޮޕްޝަނަކަށް ދީފައި އޮތީ އެހެން ހިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުން،" އިހުސާން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސަރުކާރުން ނިންމީ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ނުދީ، އެކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމް ގާއިމުކުރުމަށް އެއްބަސްވުން ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ