ރަހީނު ކުރި އަންހެނަކު ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުންކުރުމުން، ޒަހަމްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ކަރުގައި ވަޅިއެއް ޖައްސައި، އަންހެނަކަށް ބިރު ދައްކަމުން މާލޭގެ މަގުތަކުގައި ސައިކަލެއްގައި ރޭ ދުއްވަމުން ދަނިކޮށް، ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތްކޮށްފައި ވަނީ ބިހުރޯޒް މިސްކިތް ކައިރިންނެވެ. އެކި ފަހަރުމަތިން ނަސޭހަތް ދީ، ވާހަކަ ދައްކައިގެން އަންހެން މީހާ ދޫކޮށްނުލުމުން، އެންމެ ފުރަތަމަ ފުލުހުން ބާރުގެ ބޭނުންކުރީ މުގުރުން ބޮލުގައި ޖަހައިގެންނެވެ. ބޮލުގައި ޖެހުމުން އޭނާ ބިންމައްޗަށް ވެއްޓުމާ އެކު، އެތަނުގައި ތިބި ފުލުހުންނާއި އާންމުން އެތަނަށް ބޮޑިވެގަނެ، އަންހެން ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ.
އެ ހާދިސާގައި އަންހެން މީހާއަށް އަނިޔާއެއް ނުވެ، ވަނީ ސަލާމަތްވެފައެވެ.
ޒަހަމްވި މީހާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަދި އަންހެން މީހާއަށް ފަރުވާދީފައި ވަނީ އައިޖީއެމްއެޗުންނެވެ.
އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ޓެސްޓުތަކެއް ހަދާފައިވެއެވެ.
"މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލުމާތު ދީފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ހާލު ރަނގަޅު ނަމަ ދޫ ކޮށް ލާ އިރަށް ފިޱު ޖެހޭ ކަމަށް ތިކިޔަނި؟ ދައްކާ ވާހަކަ ހަމައެއް ނުޖެހޭ ނޫން ތަ!
އަފީފާ