ރަހީނު ކުރި އަންހެނަކު ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުންކުރަން އުޅުމުގެ ތެރޭގައި އަނިޔާވި ށ. މިލަންދޫ، އާދަމް އަޚްތަރު، 32، މިއަދު ޖަލަށް ބަދަލުކުރި ފަހުން ފިޓު ޖެހިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އޭޑީކޭގައި އަހްތަރަށް ފަރުވާދިނުމަށްފަހު، ރޭ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި މިއަދު ހެނދުނު އޭނާ ވަނީ މާލޭ ކަސްޓޯޑިއަލަށް ބަދަލުކޮށްފައެވެ.
އާއިލާއިން "ހަތާވީސް"އަށް ބުނީ އަޚްތަރު ފިޓު ޖެހިގެން މިއަދު ހަވީރު އައިޖީއެމްއެޗަށް ގެނެސް، އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އާއިލާއިން ބުނީ އަހްތަރުގެ ބޮލަށާއި ލޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ތިން ތަނެއް ކަފައިގެން ގޮސް، ފަހާފައިވާ ކަމަށެވެ.
އަޚްތަރަށް ލިބުނު އަނިޔާތައް
- ކަނާތު ލޮލުން ނުފެނޭ
- ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ފަހާފައިވޭ
- ކަނދުރާއަށް އަނިޔާވެފައިވޭ
- މައިބަނދައަށް އަނިޔާވެފައިވޭ
އަޚްތަރަށް އަނެއްކާވެސް ފަރުވާ ދެމުން އަންނައިރު ފުލުހުން ރޭ އަމަލުކުރި ގޮތުން ގިނަ ބައެއްގެ ތައުރީފު އަންނަނީ ފުލުހުންނަށް ލިބެމުންނެވެ. އަދި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ވަނީ ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ކަމަށްވީ ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު ފުލުހުން “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާ އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
އެހެން ވާނީ. އަދިވެސް މީހުން ރަހީނު ކުރާތި
އަތުހަރު ބޭބެވަރަށް ނާ ތަހްޒީބު ޢަމަލެއް ފެނިގެން ދިޔައީ، ޕްރޮފެޝަނަލް ކަމެއް ނޫން އެއީ، އޭ ވަރަށް އަންޕްރޮފެޝަނަލް ޢަމަލެއް. އެ ޙާލާތުގަ އެ އަންހެން ކުއްޖާގެ ކަރު ބުރި ވުމަކީވެސް އެކަށީގެންވާ ކަމެއް.
ޒީނަތު