ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.
މިރޭ "ސަންގު ޓީވީ" އިން ގެނެސްދިން އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އަދީބު ނޫނަސް އެހެން އެއްވެސް ބޭފުޅެއްގެ އަތުން ފައިސާ ހޯދާފައި ނުވާނެ ކަމަށެވެ.
ރައީސް ވަނީ އަދީބާ އެމަނިކުފާނާ ދިމާވެފައި ހުންނާނީ ސަރުކާރުގެ އެކި ހަފްލާތަކާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ކަމަށެވެ.
"އެއްވެސް އިރަކު ނުހުންނާނެ ނައިބު ރައީސަކަށްވި ފަހުން ވެސް ނުހުންނާނެ މީޓެއްކޮށްފައެއް.. ވަކިން މީޓު ކުރަން ވެސް ނާންގަވާ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދާދިފަހުން އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް އަދީބާ ބައްދަލުކުރެއްވި ކަމަށް ވާހަކަތައް ފެތުރުނު ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ބައްދަލުވުމެއް އަދީބާއެކު ބާއްވަވާފައި ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ