ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރުމުން، ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޒަހަމްވި ށ. މިލަންދޫ، އާދަމް އަހްތަރު، 32، ކޯޓަށް ހާޒިރުނުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމާފައި ވަނީ ޣައިރު ހާޒިރުގައި ކަމަށެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، މާލޭގެ މަގުތަކުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، ބިހުރޯޒް މިސްކިތް ކައިރިން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، އަންހެން މީހާ ސަލާމަތްކޮށްފައެވެ.
ފުލުހުން ބާރުގެ ބޭނުން ކުރުމުން، އަޚްތަރުގެ ބޯފަޅައިގެން ގޮސް، ބައެއް ތަންތަން ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އާއިލާއިން "ހަތާވީސް"އަށް ވަނީ ކިޔައިދީފައެވެ. އާއިލާއިން ބުނީ އަޚްތަރު ހަށިގަނޑުގެ ތިން ތަނެއް ޒަހަމްވެ، ފަހާފައިވެއެވެ. އިއްޔެ ޖަލަށް ގެންދިޔަ ފަހުން ފިޓު ޖެހި، އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފިޓު ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާގެ އާއިލާ އިން ބުނި ނަމަވެސް އަޚްތަރަށް ފިޓު ޖެހުނު ކަމަކަށް އެއްވެސް ޑޮކްޓަރެއްގެ ލިޔުމުގައި ބަޔާންކޮށްފައެއް ނުވާ ކަމަށެވެ.
ފުލުހުންބުނީ އަޚްތަރުގެ މެޑިކަލް ރިޕޯޓުތަކާއި ސީޓީ ސްކޭން ނަތީޖާއަށް ބަލާއިރު ޓެސްޓުތައް ނޯމަލް ކަމަށް ފެންނަ ކަމަށެވެ. އަދި ނަފްސާނީ މީހަކަށާއި ނާރުގެ ޑޮކްޓަރަކަށް އަޚްތަރު ދެއްކުމުން ވެސް މައްސަލައެއް ނެތްކަމަށް ބުނެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އަޚްތަރަށް އައިސީޔޫގައި ފަރުވާ ދޭން އެއްވެސް ޑޮކްޓަރަކު ލަފާ ދީފައި ނުވާ ކަމަށާއި އަދި އޭނާ ފިޓު ޖެހުނު ކަމަކަށް އެއްވެސް ޑޮކްޓަރެއްގެ އެއްވެސް ލިޔުމެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި