ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލު ވުމަށް އެ ކުންފުނިން މިއަދު އެދިއްޖެއެެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ނަމުގައި ކަސްޓަމަރުންނަށް ގުޅަމުންދާ މަައްސަލައެއް ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެގޮތަށް ގުޅާ ފަރާތްތަކުން މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް ދޮގު މައުލޫމާތު ދީ، އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް ސްޓެލްކޯއިން ނުގުޅާނެ ކަމަށާއި ޝައްކު ކުރެވޭފަދަ ކޯލެއްނަމަ ފޯނު ކަނޑާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ކޯލެއް އައިސްފިނަމަ ސްޓެލްކޯއަށް ގުޅައި ޔަގީން ކުރުމަށް ފަހުމީ ވަނީ އެދިވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ