ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކަށް ހާއްސަކޮށް ރެޒިޑެންސީ ޕްރޮގްރާމެއް ފެށުމަށް ވަޒީރުން މަޖިލީހުން ނިންމައިފިއެވެ.
އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެކަމުން ރާއްޖެ އަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ.
އެ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ދުނިޔޭގެ އެންމެ ފުންނާބު އުސް ކުންފުނިތަކާއެކު އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އެ ޕްރޮގްރާމު ފަށާނެ ކަމަށެވެ.
"މިއީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގެ އެންމެ ބޮޑު އެއް އަމާޒު އެއީ ރާއްޖެ އެއް ކަމަކަށް ޑިޕެންޑުވެގެން ނޯވެ، ޑައިވާސިފައިކޮށް ފޮރިން ކަރަންސީ ނުވަތަ ޔޫއެސް ޑޮލަރުން ބޭރު ފައިސާ އިން އާމްދަނީ ލިބޭނެ ގޮތްތައް ފަހިކުރުން،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި އެ އުސޫލުން ތަންތަން ދޫކުރެއެވެ. އެހެންކަމުން މި ޕްރޮގްރާމަކީ އިންވެސްޓަރުންގެ އިތުބާރު ލިބޭނެ ކަމެއްކަން ސައީދު ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ