ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި, ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހައި ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.
މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
އޭގެ ތެރެއިން ކާރު ދުއްވަން ހުރި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ބާތިލްކޮށް, އޭނާ ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކުރީ އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަކުރަމް ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ވަކީލެއްގެ ފުރުސަތު ގެއްލޭ ގޮތަށް ކަމަށެވެ. އަދި ވަކީލެއްގެ ފުރުސަތު ނުދީ އޮތުމުން, އޭނާ ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.
އެ މައްސަލާގައި އިކްރާމްގެ އިތުރުން ކާރުގައި ދެން ތިބި އިކްރާމުއްރަހްމާނާއި ޖިނާހް އިސްމާއިލް ވެސް ހައްޔަރުކުރި އެވެ. އެ ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓަށްފަހު ފިލައިގެން އުޅެނިކޮށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ