ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުޅުމާލޭގެ ބިމެއް އެހެން ބިމަކާ ލާ ޖައްސައިގެން ބަދަލު ކުރައްވައިފި އެވެ.
ހުޅުމާލެއިން އަނާރާގެ ނަމުގައި އޮތް ބިމެއް ބަދަލުކުރީ ބީޗް ސައިޑްގައި އޮންނަ އެހެން ބިމަކާ އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އަނާރާގެ ނަމުގައި އޮތް ބިމާއި އެހެން ބިމަކާ ބަދަލުކުރަން އެ ބިމުގެ ވެރިފަރާތް ކަމަށްވާ ފާތިމަތު ޝައުފާ އަހުމަދު އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ, ކޯޓުން ވަނީ ދެ ގޯތީގެ މިލްކުވެރިކަން ބަދަލުކޮށް، މައްސަލަ ނިންމައިފަ އެވެ.
ލާޖެއްސުމަކީ ދެ މީހަކު އެއްބަސްވެގެން އެކެއްގެ މިލްކުގައިވާ މުދަލަކާއި އަނެކާގެ މިލްކުގައިވާ މުދަލެއް ބަދަލުކުރުމެވެ. މި މުއާމަލާތަކީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ބަޔާންކުރާ މުއާމަލާތެއް ނޫން ނަމަވެސް ކޯޓުތަކުން އަބަދުވެސް މިގޮތަށް ބިން ބަދަލުކޮށްދެ އެވެ.
މީގެ ކުރިން ކުރީގެ ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ދޫވެހި ލާޖައްސައިގެން ހެންވޭރުކޮޅުގައި މިހާރު އެ މަނިކުފާނު އުޅުއްވާގެ ހުންނަ ބިން މިލްކު ކުރައްވައިފަ އެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ