ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި, ސްޕޯޓްސް ކާރު ދުއްވި މީހާ ހައި ކޯޓުން މިއަދު ދޫކޮށްލުމުން އޭނާ އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެކްސިޑެންޓްގައި ކާރު ދުއްވަން ހުރި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހައި ކޯޓުން މިއަދު ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ އެ މީހާ ދޫވުމުގައި އިހުމާލުވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މީހާ އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އިހްސާންގެ ޓްވީޓްގައިވެ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަކުރަމް ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ވަކީލެއްގެ ފުރުސަތު ގެއްލޭ ގޮތަށް ކަމަށެވެ. އަދި ވަކީލެއްގެ ފުރުސަތު ނުދީ އޮތުމުން, އޭނާ ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އިކްރާމްގެ އިތުރުން ކާރުގައި ދެން ތިބި އިކްރާމުއްރަހްމާނާއި ޖިނާހް އިސްމާއިލް ވެސް ހައްޔަރުކުރި އެވެ. އެ ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓަށްފަހު ފިލައިގެން އުޅެނިކޮށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ