މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ގާނޫނީ ވަކީލެއްގެ އެހީއެއް ނެތި ކޯޓުގައި އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން އޭނާ ނިންމައިފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް, 2022 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
ސިއްރު ކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލް އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ބުނެފައިވާތީ ދައުލަތުގެ ހަރަދުގައި ހަމަޖެއްސި ވަކީލް ވަނީ މައްސަލަ ދޫކޮށްލައިފަ އެވެ.
އެހެންކަމުން, އެ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ސާހިލް އާ ހަވާލުކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި ބައެއް ލިޔުންތައް ސިއްރު ކޮށްފައިވާތީ އެ ލިޔުންތައް ސާހިލްއަށް ކޯޓުގައި ބެލޭ ގޮތަށް އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށް ކޯޓުން ބުންޏެވެ.
އެ މައްސަލާގައި ދެން އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުން ކަމަށް ކޯޓުން ބުންޏެވެ.
ސާހިލްއަށް ދައުލަތުގެ ހަރަދުގައި ކުރިން ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިން ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ވަކީލުން އޭނާ އަށް އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން އޮތީ ނިންމައިފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ