ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ވިޔަފާރި ކުރަމުންދިޔަ ދެ ތަނެއް ބަލައިފާސްކޮށް، ދެ ބިދޭސީއަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާކޮށް އިމިގްރޭޝަނުން ކުރިއަށް ގެންދާ ހަރަކާތުގައި އެ ތަން ބަންދުކޮށްފައި ވަނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައެވެ.
އިމިގްރޭޝަނުން ބުނީ އެ ދެ ތަން ބަލައިފާސްކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
އެ ރެއިޑްގައި ބަލައި ފާސްކުރި ދެ ވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ކަމަށާއި އެ ދެ ތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި