ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރު ދިޔަ މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުން އަންނަ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ނިންމާ އެ ތަހުގީގު ފަށައިފިއެވެ.
ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ބުނީ އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލާގައި އެންއެންޑީއެފުން ވެސް ވަނީ ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން ބަލައިފައެވެ. އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ވެސް ބެލިއެވެ. އެމްއެންޑީއެފް އިން ވަނީ ހާ ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންވެ މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭސްއެއްގެ ގޮތުގައި މި ހާދިސާ އަދި ކަނޑައަޅާފައި ނުވާ ކަމަށް ބުނެފައެވެ.
ނަމަވެސް އެކަމުގައި ތުހުމަތު ކުރެވޭ އެތައް ކަންތައްތަކެއް ހުރުމުން ފުލުހުން މިހާރު ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ނިންމާ އެކަން ފަށައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ފުލުހުން ވަނީ ތަސްލީމާއެކު ދަތުރު ދިޔަ އޭނާގެ ރައްޓެހިންގެ ބަޔާން ވެސް ނަގައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ