މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) އާއި އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ވަޒީރުން މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމައިފިއެވެ.
އެމްއައިޓީޑީސީ އަކީ އިންޓަގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތްކުރެއްވުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާފައިވާ އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި ކުންފުންޏެކެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެމްއައިޓީޑީސީ އުވާލުމަށްފަހު އެކުންފުނިން ކުރަމުން ގެންދިޔަ މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރުމަށް ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް، އެގްރިކަލްޗާ އިކޮނޮމިކް ޒޯނާ ގުޅޭ މަސައްކަތްކުރާ ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން އެކަންކަމާއި ކަމާގުޅޭ އެންމެހައި މަސައްކަތްތައް މިއަހަރުގެ ނިޔަލަށް (31 ޑިސެމްބަރު 2024) އަށް ނިންމެވުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ