ފުލުހުންނަށް ޕްރޮމޯޝަން ދީފައި ހުރީ ގޯސްކޮށް ކަމަށް ފާހަގަވެއްޖެނަމަ ޕްރޮމޯޝަންތައް އަތުލެވިދާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި ބުނެފި އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ނިމެންދެން ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އޭސީސީން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ފުލުހުންނަށް ޕްރޮމޯޝަން ގޯސްކޮށް ދީފައި ހުރިކަން އޭސީސީގެ ތަހުގީގުން ސާބިތުވެއްޖެ ނަމަ ޕްރޮމޯޝަން އަތުލުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އެހެންވެ, މިވަގުތު އަމުރެއް ނެރެން ނުޖެހޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ދައުލަތުން ބުނީ ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އަދި އޭސީސީގެ އެންގުމަށް ފުލުހުން އަމަލު ނުކުރަން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް ފުލުހުންގެ އިދާރީ ކަންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފާ ހޯދީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެކަން އެގޮތަށް ކުރި ސަބަބެއް ސާފުނުވާ ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި ކަންކަން ހުއްޓުވުމުގެ ބާރު އޭސީސީގެ ގާނޫނުގައި އެ ކޮމިޝަނަށް ދީފައި ނެތް ކަމަށެވެ.
އޭސީސީގެ ވަކީލުން ބުނީ ތަހުގީގުތަކާ ގުޅިގެން ކަންކަން ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށެވެ. އަދި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފިނަމަ ދައުލަތަށް ލިބޭނެ މާލީ ގެއްލުންބޮޑު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ދެ ފަރާތުގެ ވާހަކަތަކަށްފަހު އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ