ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރު ކުންފުނިތަކުން ވެސް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނޫން އިތުރު މުވައްޒަފުން ނުނެގުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސްގެ އިސްނެންގެވުމަށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ގިނަގުނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް އެއްބާރުލުން ދިނުމަށް ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދުތައް ކުޑަ ކުރުމަކީވެސް މުހިއްމު ކަމެއް ކަމަށް ބުނެފައިވެއެވެ.
އެގޮތުން ޕީސީބީން ވަނީ މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފނިތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާ އެކަން އަންގައިފައެވެ.
ދަތުރުތަކުގެ ހަރަދު:
- ރާއްޖެއިން ބޭރަށާއ،ި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން.
- ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން.
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން 6 ގަޑިއިރަށް ވުރެ ދިގުނުވާނަމަ ފަސްޓްކްލާހުގައި ދަތުރު ނުކުރުން.
- ދަތުރުތަކުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
- އަތޮޅު ތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދުތ އެންމެ ކުޑަ ވާނެ ގޮތަކަށް ދަތުރުތަކުގެ އިންތިޒާމު ހަމަޖެއްސުން
މުވައްޒަފުންގެ ހަރަދު:
- ކުންފުނިން މިހާރ ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއްކަމުގައި ވީނަމަވެސ،ް ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން|
- މި ބޯޑުގެ ހުއްދައާއި އެކުގައި މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން
- ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއ،ި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން
- ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ