ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެ އަށް "ސީސީ" ރޭޓިން އެއް ދީފައި އޮތް ނަމަވެސް އޭގައި ހުރި ވާހަކަތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވާހަކަތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ފިޗުން ބުނެފައިވާ ވާހަކަތަކަކީ ނުކަތާ ވަރަށް ފައިސާ ޗާޕުކޮށް ހުރި ވާހަކަ ކަމަށެވެ. އަދި ނުކަތާ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުކޮށްފައި ހުރި ވާހަކަތައް ފިޗުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ މި ސަރުކާރުގެ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެކްސްޕެންޑިޗާ ނޭޝަނަލައިޒް ނުކުރާ ވާހަކައާ އާމްދަނީ އިތުރު ކުރުމުގައި މިއޮތް ހުރިހާ ޒަމާންވީއިރުގައި ވެސް ގޮތްތަކެއް ހޯދާފައި ނެތް ވާހަކަތައް ފިޗުން ބުނަނީ އަދި މޫޑީޒް އިންވެސް ބުނަނީ، އައިއެމްއެފް އިން ވެސް ބުނަނީ އެ ވާހަކަ އަދި ވޯލްޑް ބޭންކުން ވެސް ބުނަނީ އެއްވާހަކަ. ތަކުރާރުކޮށް ދައްކަނީ އެވާހަކަ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކަފުޅުގައި މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން އިގްތިސޯދު ޑައިވާސިފައި ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. ވިދާޅުވީ އެ ސަރުކާރުތަކުން ދައްކާފައި ހުރީ "ހުސް ވާހަކަތައް" ކަމަށެވެ.
"މި ސަރުކާރުން މިމަހުގެ 12ވަނަ ދުވަހުވެސް ބަންކަރިންގެ ހިދުމަތަށް މި ވަންނަނީ. މި ސަރުކާރުން އިކޮނޮމިކް އެގްރިކަލްޒާ ޒޯނެއް 250 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ބިޔަ މަޝްރޫއުއެއް ޑިސެމްބަރު މަސް ތެރޭގައި މި ފަށަނީ. މި ސަރުކާރުން އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީގެ ގަވާނިން ބޯޑެއް އެކުލަވާލާ ގަރާރަކުން [ރައީސުލްޖުމްހޫރިއްޔާގެ] އުފައްދަވާ ބަހުރައިން ގަތަރު ޔޫއޭއީ ސިންގަޕޫރު ފަދަ ގައުމަތަކަށް ޒިޔާރަތްކޮށްގެން އައު ބިލެއް މިއޮތީ އެކުލަވާލާފައި،" އިގްތިސޯދު ޑައިވާސިފައި ކުރުމަށް ކުރާ މަސައްކަތްތައް ތަފްސީލު ކޮށްދެއްވަމުން ސައީދު ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ