ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާއި ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ ދައުރު ކުރުމުން ދަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ރިޕޯޓާ ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން، ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާ ކަމަށެވެ. ދައުރުވާ ރިޕޯޓުގައި އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާންގެ ސޮއި ފޯޖު ކޮށްގެންކަން ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީ ކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ.
އެހެންކަމުން އެ ރިޕޯޓު އުފައްދައި ދައުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އޭސީސީގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުން ދާތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ ކޮމިޝަނުން އެދިފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ