ޤައުމިއްޔަތުގެ ނަމުގައި ދިވެހިންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނަ އާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ގައުމިއްޔަތުގެ ނަމުގައި ފިތުނަ އުފެއްދުމަކީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ޤައުމިއްޔަތު ބިނާވެފައި ވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ. ދިވެހިންނަކީ އެއް ދީނެއްގައި ތިބި، އެެއް ބަހަކުން ވާހަކަދައްކާ، އެއްނަސްލެއްގެ އެއްބައެއް ކަމަށާއި މިއީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރަނީ ޕޯޗްގީޒުންގެ އަތްދަށުން މުޙައްމަދު ތަކުރުފާނުލް އައުޒަމް ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން 15 އަހަރާއި ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް އުޅުނެވެ. އެ ދުޝްމަނުންގެ އަތްދަށުން ރާއްޖެ ސަލާމަތްވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ.
ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ